ފްރާންސުން ސޫދާނުން 28 ގައުމަކުން 388 މީހުން އިވެކުއޭޓްކޮށްފި

ސޫދާނުގައި ހަނގުރާމައިގެ އިތުރަށް ހަލަބޮލިވަމުންދާއިރު، ފްރާންސުން ހޯމަ ދުވަހު ވަނީ އިންޑިއާގެ ރައްޔިތުން ހިމެނޭ ގޮތަށް 28 ގައުމަކުން 388 މީހުން ސޫދާނުން އިވެކުއޭޓްކޮށްފައެވެ. ސޫދާނުގެ އަސްކަރިއްޔާ އާ...

26 Apr 2023 | 19:06

ސޫދާނުގައި ހަނގުރާމައިގެ އިތުރަށް ހަލަބޮލިވަމުންދާއިރު، ފްރާންސުން ހޯމަ ދުވަހު ވަނީ އިންޑިއާގެ ރައްޔިތުން ހިމެނޭ ގޮތަށް 28 ގައުމަކުން 388 މީހުން ސޫދާނުން އިވެކުއޭޓްކޮށްފައެވެ.

ސޫދާނުގެ އަސްކަރިއްޔާ އާއި ބާރުގަދަ ޕެރަމިލިޓަރީ ގްރޫޕަކާ ދެމެދު ހަފްތާ ބަންދުގައި ހަމަނުޖެހުން ހިނގި ފަހުން ވެރިރަށް ޚާރްޠޫމް އިން މީހުން ނެރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެފި އެވެ.

އެކަމަކު ބޭރުގެ މަގުތަކުގައި ހަނގުރާމަ ކުރިއަށްދާއިރު، ގޭތެރޭގައި ދުވަސްތަކެއް ވަންދެން ބަންދުވެފައި ތިބުމަށްފަހު، ބޭރުގެ އަދި ޤައުމުގެ މީހުން ހިމެނޭހެން ގިނަ ބައެއް ސިޓީން ބޭރުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"ފްރާންސްގެ އިވެކުއޭޝަން އޮޕަރޭޝަންތައް ކުރިއަށް އެބަދޭ. ރޭ ދެ އަސްކަރީ ފްލައިޓް ރޯޓޭޝަނެއްގައި އިންޑިއާގެ ރައްޔިތުން ހިމެނޭ ގޮތަށް 28 ގައުމަކުން 388 މީހުން ނެރެފައިވޭ،" އިންޑިއާގައި ހުންނަ ފްރާންސްގެ އެމްބަސީން ކުރި ޓްވީޓެއްގައިވެ އެވެ.

އެތައް މިލިއަން ރައްޔިތުން ގެދޮރުގެ ތެރޭގައި ތާށިވެފައި ތިބިއިރު، އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) ޕެރަމިލިޓަރީ ގްރޫޕާ ދެމެދު ހިނގި ހަނގުރާމައެއް ފެށުމުން ގިނަ ބަޔަކަށް ފެނާއި ކާނާގެ ދަތިކަން ކުރިމަތިވެ އެވެ.

އެކަމުގެ ސަބަބުން އިންސާނީ ދަތިކަމެއް އުފެދި، މަދުވެގެން 420 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން އާދީއްތަ ދުވަހު ސޫދާނުގެ ހެލްތު މިނިސްޓްރީން ކުރި ޕޯސްޓެއް ރީޓްވީޓްކޮށް ބުނެފައި ވަނީ މިހާތަނަށް ހިނގި ހަނގުރާމައިގައި މަދުވެގެން 420 މީހުން މަރުވެ 3،700 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް