މި ކުރާ ވިއްސާރަ ދެމިގެންދާނެކަމަށް ނުބެލެވޭ: މެޓް

މާލެ ސަރަހައްދަށް މިހާރު ކުރަމުންމިދާ ވިއްސާރަ ދެމިގެންދާނެކަމަށް ނުބެލެވޭކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ. ދުވަހަށް މައުލޫމާތުދެމުން އެ އިދާރާއި...

27 Apr 2022 | 17:57

މާލެ ސަރަހައްދަށް މިހާރު ކުރަމުންމިދާ ވިއްސާރަ ދެމިގެންދާނެކަމަށް ނުބެލެވޭކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.

ދުވަހަށް މައުލޫމާތުދެމުން އެ އިދާރާއިން ބުނީ މިވަގުތު މި ކުރާ ވިއްސާރައަކީ މި ސަރަހައްދުގައި އުފެދިފައިވާ ވިލާގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި މާލެ ސަރަހައްދަށް ބޮޑަށް ގުގުރާ ވިދުން ކުރިއަށްއެދަނީ އެ ވިލާގަނޑު މި ސަރަހައްދުން ދަތުކުރާތީ ކަމަށެވެ. އަދި މިހާރު ގާތްގަނޑަކަށް މާލެ ސަރަހައްދު އެ ވިލާގަނޑު ފަސްދީފައިވާކަމަށްވެސް މެޓުން ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކަށް ބަލާއިރު ދުވާލު ވިއްސާރަ ކުރާނެ ކަމަކަށް ނުބެލެވޭ، އެހެން ނަމަވެސް ހުކުރު ދުވަހުން ފެށިގެން މެދުރާއްޖެއާއި ދެކުނަށް ވައިގަދަވުން އެކަށީގެންވާކަމުގައި މެޓުން ބުނެއެވެ. ވައިގަދަވާނަމަ ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ޖެހެއެވެ.

https://twitter.com/MetMaldives/status/1519359402469249024

މެޓުން މި މައުލުމާތު ހިއްސާކޮށްފައިވާއިރު މެޓްގެ ވެބްސައިޓާއި މެޓްގެ އެޕްލިކޭޝަނުން އަބަދުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން ލަފާކުރާގޮތް ކުރިއަށް އޮތް ފަސް ދުވަހަށް ފެންނާނެހެން ހިއްސާކޮށްފައި ހުރެއެވެ. މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަބަދުވެސް ހޯއްދެއްވުމަށް މެޓްގެ ވެބްސައިޓާއި އެޕްލިކޭޝަން ހިޔާރު ކުރެވިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް