ޖަޕާންު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް އާލާތްތަކެއް ހަދިޔާ ކޮށްފި އެވެ.
މިތަކެތި ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހުޅުމާލޭ ކޯސްޓުގާޑު ސަރަހައްދުގައި އެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ޔޫއެންއޯޑީސީ ޕްރޮގްރާމް ކޯޑިނޭޓަރުގެ އިތުރުން ރާއްޖޭގައި ހުންނަވާ ޖަޕާނު ސަފީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖަޕާނުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 2 ރިބް އާ، ކޯސްޓްގާޑް އުޅަނދުތަކުގެ ނިޔަމިކަމަށް ބޭނުންވާ އާލާތްތަކާއި މެރިޓައިމް ޑޮމެއިން އެވެއާނެސް އަށް ބޭނުންވާ ބައެއް އާލާތްތަކެވެ.
އެމްއެންޑީއެފުން ބުނީ މީގެ ކުރިންވެސް ޖަޕާނުން ވަނީ ޔޫއެންއޯޑީސީ އާއި ގުޅިގެން ކޯސްޓުގާޑަށް ބޭނުންވާ ގިނަ އާލާތްތަކެއް ހަދިޔާކޮށްދީފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މޮނީޓާކުރުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ހިމެނެ އެވެ.
އަދި ދިވެހި ސިފައިންނާއި ކަނޑުމަތީގައި ޙަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް، ބޯޑް، ސާޗް އެންޑް ސީޒާ ޓްރެއިނިންގް ފަދަ ތަމްރީނުތައް ކުރިޔަށް ގެންގޮސްދީފައިވެ އެވެ.
މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ޖަޕާނުން ހަދިޔާ ކުރި ރިބެއް ދުއްވާލުމުގެ ޑެމޯންސްޓްރޭޝަނެއް ދައްކާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް