އީދު ދުވަހު މާލޭގައި ހަތަރު ގަޑިއިރު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސަނީ

ފިތްރު އީދު ދުވަހު މާލޭގައި ވަކި ގަޑިތަކެއްގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ. މިއަދު އޮތް ކައުންސިލް ބައްދަލުވުމަށް މިކަން ހުށަހެޅުއްވީ މާފަންނު އުތުރު...

27 Apr 2022 | 17:38

ފިތްރު އީދު ދުވަހު މާލޭގައި ވަކި ގަޑިތަކެއްގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

މިއަދު އޮތް ކައުންސިލް ބައްދަލުވުމަށް މިކަން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާ އެވެ. އޭނާ ހުށަހެޅުއްވީ މާލެ އާއި ހުޅުމާލޭގައި ހިނގާފައި އުޅޭނެ ވަގުތެއް ކަނޑައެޅުމަށެވެ.

އެކަމަކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޒަރޫރީ ބޭނުންތަކަށް އަދިވެސް އާންމުން ވަރަށް ދުރަން ދަތުރު ކުރަން ޖެހޭތީ ހުޅުމާލޭގައި އެފަދަ ކަމެއް ތަންފީޒު ކުރުމާއި މެދު ކައުންސިލަރުންގެ މެދުގައި ހިޔާލު ތަފާތު ވުމުން މަޝްވަރާ ކުރުމަށް ފަހު ނިންމީ ހަމަ އެކަނި މާލޭގައި އެކަން ތަންފީޒު ކުރާށެވެ.

ހިނގާފައި އުޅޭ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަވިރު4:00 ން ރޭގަނޑު8:00 އަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ތަންފީޒުކުރަން ޖެހޭ ކަންކަން ކުރުމަށް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.

އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް އީދު ދުވަހު ވެހިކަލް ދުއްވުން މަނާ ވަގުތު އިމަޖެންސީ ހާލަތުގައި ވެހިކަލްތަކާއި އެމްބިއުލެންސް އަދި ސަލާމަތީ ހިދުމަތްތައް ފަދަ ކޮންމެހެން ދުއްވަން ޖެހޭ ވެހިކަލްތަކަށް ހުއްދަ ދޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް