މުލިއާގެއަށް ދޫކުރި ކްރެޑިޓް ކާޑަކާއި އެހެން ދެ މައްސަލައެއްގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން އަންގައިފި

މިދިޔަ އެއް މަސް ދުވަސް ތެރޭގައި އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ ކަމަށް އެނގިފައިވާ ފައިސާތައް ހޯދަން ފިނޭންސް މިނިސްޓްރީއަށް އަންގައިފި ...

27 Apr 2022 | 10:48

މިދިޔަ އެއް މަސް ދުވަސް ތެރޭގައި އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ ކަމަށް އެނގިފައިވާ ފައިސާތައް ހޯދަން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ މައިގަނޑު ތިން މައްސަލައެއްގައި ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށެވެ. އެ ފައިސާގެ އަދަދު1.57 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެ ފައިސާ އަކީ ރ. އަލިފުށިން ދޫކޮށްފައިވާ ކުލީ ބިންތަކުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުލިބިވާ މައްސަލައެއްގެ 1414560.37 ރުފިޔާއާއި 2007 ވަނަ އަހަރު މުލިޔާގެއަށް ދޫކޮށްފައިވާ ކްރެޑިޓް ކާޑުން އުސޫލާ ހިލާފަށް ބޭނުން ކުރުމާއި ގުޅިގެން ދައުލަތަށް ހޯދަން ޖެހޭ 144494.65 ރުފިޔާ އެވެ. ދެން ހިމެނެނީ ހއ. ބާރަށު ކައުންސިލާއި އަމިއްލަ ފަރާތަކާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބެންޖެހޭ 11759.42 ރުފިޔާއެވެ.

އޭސީސީއަށް އަލަށް އައްޔަން ކުރި މެމްބަރުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ ހޯދަން އިސްކަމެއް ދޭނެ ކަމަށް ބުނެފަ އެވެ. އަދި އެ މަސައްކަތް ކުރުމަށް އޮނިގަނޑެއް އެކުލަވާލުމަށް ވެސް ކޮމިޝަނުގެ މެމްބަރުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް