މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 40 މައްސަލަ ހުށަހެޅި

މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ އަނިޔާ ދިނުމުގެ40 މައްސަލަ ހުށަހެޅުނު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ޖުމްލަ266 މައްސަލަ އެ އިދާރާއަށް ...

27 Apr 2022 | 10:36

މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ އަނިޔާ ދިނުމުގެ40 މައްސަލަ ހުށަހެޅުނު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ޖުމްލަ266 މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ގުޅުން ހުރި126 މައްސަލަ ހިމެނޭ ކަމަށެވެ.

ތަފާސް ހިސާބު ދައްކާގޮތުން މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ޖިސްމާނީ ހާނިކަ ކުރުމުގެ 27 މައްސަލަ، އިހުމާލުވުމުގެ 26 މައްސަލަ ހުށަހަޅާފައިވެ އެވެ. ނަފްސާނީ ހާނިއްކައިގެ 20 މައްސަލަ ހުށަހަޅާފައިވާއިރު ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާއިން ބުނެ އެވެ.

އަދި ނަހަމަ ގޮތުގައި ކުޑަކުދިން ބޭނުންކުރުމުގެ ތިން މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ ތިން މައްސަލަ ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ ހުށަހެޅިފައިވެއެވެ.

ޖެންޑާއިން ބުނީ އެ މިނިސްޓްރީއަށް ދެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 31 މައްސަލަ ހިމެނެއެވެ. އާާއިލީ 39 މައްސަލަ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 28 މައްސަލަ ހުށަހަޅާފައިވެ އެވެ.

އިތުރު މައްސަލަތަކުގެ ތެރޭގައި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ހަ މައްސަލަ އާއި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި ނުވަ މައްސަލަ ހުށަހަޅާފައިވެ އެވެ. ަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 23 މައްސަލަ މާޗް މަހު ހުށަހެޅި އިރު ގާނޫނާ ގަވައިދާ ޚިލާފުވުމުގެ 4 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް