ގޮވާމުން ޒަކާތް ބަލައިގެންނަން ފެށިފަހުން މިއަދާއި ހަމައަށް ހާހަކަށްވުރެ ގިނަ މީހުން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދައްކައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް 1،323 މީހުން ގޮވާމުން ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި 3638.3 ކިލޯގެ ގޮވާން ލިބިފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ގިނަ މީހުން ޒަކާތް ދެއްކީ އާދައިގެ ހަނޑުލުންނެވެ. އެއީ372 މީހުންނެވެ. ދެން އެންމެ ގިނަ މީހުން ބާސްމަތީ އެންމެ މޮޅު ހަނޑުލުން ޒަކާތް ދެއްކި އިރު އެއީ312 މީހުންނެވެ.
މިމަހުގެ 27 އާ ހަމައަށް ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކާފައިވާގޮތް:
އާދައިގެ ހަނޑޫ: 372 މީހުން، 892.8 ކިލޯ
ރަތް ހަނޑޫ: 11 މީހުން،26.4 ކިލޯ
ބާސްމަތީ ހަނޑޫ (އާދައިގެ): 258 މީހުން، 619.7 ކިލޯ
ބާސްމަތީ ހަނޑޫ (މޮޅު): 310 މީހުން، 744 ކިލޯ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 312 މީހުން، 748.8 ކިލޯ
އާދައިގެ ފުށް: 44 މީހުން، 105.6 ކިލޯ
އާޓާ ފުށް: 16 މީހުން، 38.4 ކިލޯ
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގެންނަމުން ދަނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 14:30 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.
ގޮވާމުން ފިތު ޒަކާތް ބަލައިގެންނަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި މި މުއްދަތު ހަމަވާނީ ރޯދަ މަހުގެ 30 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް