ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަކީ ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ
ޖަމިއްޔާއެކެވެ.
ދާދި ފަހުން އެ ޖަމިއްޔާއިންވަނީ ކަލަބް ހައުސް ގައިވެސް ހަރަކާތްރެރިވާންފަށާފައެވެ. އެގޮތުން ކުރިޔަށްއޮތް މަހުގެތެރޭގައިވެސް ގުރުއާން މުބާރާތާއި، ދިނީ ހަރަކާތްތަކައި އަދި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް އެ ޖަމިއްޔާއިން އަންނަނީ މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދިރާގުން އެ ޖަމިއްޔާގެ މެންބަރުންނަށް ހިލޭ މޮބައިލް ޑޭޓާ ފޯރުކޮށްދިނުމަށް ނިންމާފައެވެ.
މީގެ އިތުރުން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ޓީވީއައިއެސްއެމްއަށް ފޯރުކޮށްދޭ ހާއްސަ ޑިޖިޓަލް މުވާސަލާތީ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" އައުކޮށް ކުރިއަށްގެންދިއުމަށް ވެސްވަނީ ނިންމާފަ އެވެ.
މި ޚިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާޚިދުމަތްތަކެވެ. އެހެނިހެން އިޖްތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީ.ވީ.އައި.އެސް.އެމް އަށް ދިމާވެއެވެ. ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.
ދިރާގުން މިޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވެއެވެ. އަދި މިޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ ޖަމިއްޔާގެ ހުރިހާ މެންބަރުންނަށް ޖަލްސާތަ ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ވަރަށްބޮޑު އެހީއަކަށް ވެގެން ދެއެވެ.
މި ހިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެއެވެ. އެގޮތުން ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ބީވީއައިއެސްއެމް އިން މިޚިދުމަތް ބޭނުންކުރެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ މި ޚިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި، އަދި ގުރުއާން، ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައިއެވެ.
ދިރާގުން މިޚިދުމަތް ފޮރުކޮށްދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް