ފުލުހުންނާއި އެމްޕީއެލް އަދި ސީޕްރިއާއާ ދެމެދު ކުށްކުރުން ހުއްޓުވުމަށް އެއްބަސްވުމަކަށް

ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް ފެށުމުގެ ގޮތުން ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ސީޕްރިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއ...

27 Apr 2022 | 09:17

ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް ފެށުމުގެ ގޮތުން ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ސީޕްރިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ރަޝީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝާހިދު ޢަލީ އެވެ. އަދި ސީޕްރިއާގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ މެނޭޖަރު މަރިޔަމް ސުހާ އެވެ.

https://twitter.com/PoliceMv/status/1518994745141661696?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1518994745141661696%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F251636

ފުލުހުން ބުނީ މި އެއްބަސްވުމުގެ ދަށުން ކުށްކުރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކޮށް، ޕްރޮގްރާމްތައް ހިންގުމަށް މި އެމްއޯޔޫގެ ދަށުން މަސައްކަތް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް