ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ މުނާސަބަތުގައި، ޓިކްޓޮކަށް ހާއްސަކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ވެބްސައިޓްގައި އިޢުލާނު ކޮށްފައިވާ "ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖު" ގެ މުއްދަތު އިތުރު ކުރަން ނިންމާފައެވެ.
މި ޗެލެންޖްގެ މަޤްސަދަކީ، އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކް ގެ ޒަރިއްޔާއިން 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ ތީމްލަވަ އިޝްތިހާރު ކުރުމެވެ.
ހުރިހާ އުމުރުފުރާއަކަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މިޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.
މިގޮތުން، މިޗެލެންޖްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން،60 ސިކުންތަށް ވުރެ ދިގުނޫން ވީޑިއޯއެއް
އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް މެދުވެރިކޮށް ޙިއްސާކުރެވިދާނެއެވެ. އަދި މިއިން ކޮންމެ ވީޑިއޯއެއްގައި ޗެލެންޖަށް ޚާއްޞަ ކުރެވިފައިވާ ހޭޝްޓެގްތައް ހިމަނާ، މިނިސްޓްރީއިން ދީފައިވާ އޮފިޝަލް އެކަންޓްތައް ޓެގް ކުރަންވާނެއެވެ.
މިޗެލެންޖް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 12 މާރިޗް އިން 30 ޖޫންގެ ނިޔަލަށެވެ.
މި ޗެލެންޖާއި ބެހޭ އިތުރު މަޢުލޫމާތާއި ގައިޑްލައިން މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް