މާލޭ ގެއަކުން ގޭސްފުޅިއެއް ވަގަށްނެގި މީހަކު ހަތަރު މަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެމީހާގެ މައްޗަށް ކޮށްފައިވަނީ ދެ ހުކުމެކެވެ. އެއީ ވައްކަމުގެ ކުށުގެ ދައުވާގައި އިއްވި ހުކުމަކާއި އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަށް އިއްވި ހުކުމެވެ.
އެގޮތުން ވައްކަމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވާފައިވަނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވާފައިވަނީ ތިން މަހާއި 18 ދުވަހުގެ ހުކުމެކެވެ.
މި ހުކުމް އިއްވި މީހާ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައިވާގޮތުގައި ހެންވޭރުގައި ހުރި އެ ގެއިން ގޭސްފުޅި ވަގަށްނަގައިގެން ދެވުނީ އޭޑީކޭ ހޮސްޕިޓަލާއި ހަމައަށެވެ. އެހާ ހަމައިން އެ ގޭގެ މީހަކު އައިސް ނިއްކުރިމަތީގައި ދެފަހަރަކަށް ޖެހުމުން ގޭސްފުޅި ބަހައްޓާފައި ދުވެ ފިލީކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް