ލަންކާގެ ރަތުމަލާނާއަށް މޯލްޑިވިއަންގެ ދަތުރުތައް ރޯދައަށްފަހު ފަށާނެކަން މޯލްޑިވިއަން އިން ކުރިން އިއުލާނުކޮށްފައިވީނަމަވެސް ލަންކާގެ ހާލަތަށް ރިއާޔަތްކޮށް ދަތުރުތައް އަދި ނުފަށަން މޯލްޑިވިއަން އިން ނިންމައިފިއެވެ.
އެގޮތުން މޯލްޑިވިއަން އިން މިއަދު ބުނެފައިވަނީ ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށާނީ ހާލަތު މޮނީޓަރ ކުރުމަށްފަހު ލަންކާގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ.
މޯލްޑިވިއަން އިން ރަތުމަލާނާއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލީ ރޯދައަށެވެ. މެދުކަނޑާލީ ރޯދައަށްފަހު ފަށާ ގޮތަށެވެ.
ރަތުމަނާލާ ދަތުރުތައް ވަކި މުއްދަތެއް ނެތި ފަސްކުރަން މޯލްޑިވިއަން އިން ނިންމާފައިވާއިރު ލަންކާގެ އިގްތިސާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ސިޔާސީ މަސްރަހު ވަނީ ވަރަށް ގޯސްވެފައެވެ. އިންފްލޭޝަން ވަނީ ބޮޑުތަނުން މަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް