ސައުތު ސެންޓްރަލް ޕޮލިސް ރީޖަނުން، ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަަކށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ ރީޖަންގައި ހިމެނެނީ މީމު އަތޮޅާއި ފާފު އަތޮޅާއި ދާލު އަތޮޅާއި ތާ އަތޮޅުގެ އިތުރުން ލާމު އަތޮޅެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނި އެފަދަ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ މައްސަލައިގާ 20 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ހައްޔަރުކުރި މި މީހާގެ ބަންދަށް ކޯޓުން މިއަދުވަނީ މުއްދަތު ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް