ހައްދުންމަތީ މެންދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ސުވޮޓް އެނަލަސިސް ހަދާދޭނެ ފަރާތެއް ހޯދަން ލ.ހިތަދޫ ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފި އެވެ.
އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމާގުޅޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު މެއި މަހުގެ 10 ވާ އަނގާރަ ދުވަހު 11:00 އަށް ބިޑް ހުށަހެޅުމަށެވެ.
މި ކަމާއި ގުޅޭ މައުލޫމާތު ސާފު ކުރުމަށް އެ ކައުންސިލްގެ ނަމްބަރު 6800005 \ 9646936 އަށް ގުޅައިގެން ނުވަތަ އެ ކައުންސިލުގެ މެއިލް [email protected] އިން ލިބޭނެއެވެ.
މެންދޫގައި މުޅިން އަޅާ މި އެއާޕޯޓް ގެ އިތުރުވެސް އެ އަތޮޅު ކައްދޫގައި ވެސް އެއާޕޯޓެއް އޮވެއެވެ. ކައްދޫ އެއާޕޯޓަކީ އެއަތޮޅު ފޮނަދޫ އަދި ގަމާ ފާލަމަކުން ގުޅުވާ ލެވިފައި އޮންނަ އެއާޕޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް