އުމުރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.
އުމުރާއަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ ބ. އޭދަފުށީ، މާބަގީޗާގޭ 76 އަހަރުގެ އަބޫބަކުރު ހަސަން (ބަކުރުބޭ)އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ ނިޔާވެފައި ވަނީ ހަރަމްފުޅުގައި ފަތިސް ނަމާދު ކުރުމަށް ފަހު ހައްޖުވެރިން ތިބޭ ހޮޓަލަށް ވެސް އައިފަހުނެވެ.
އަންހެނުންނާއި ހުރިހާ ދަރިންނާއި ބައެއް ކާފަ ދަރިންނާ އެކު މުސާފިރީން އުމްރާ ގުރޫޕާއެކު އަބޫބަކުރު އުމްރާގެ އެ މާތް އަޅުކަން ފުރިހަމަ ކުރުމަށް ފުރީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް