މި އަހަރުގެ މެއި\ޖޫން މަހުގެ އޯލެވެލް އިމްތިހާނު އަންނަ މަހުގެ ހަތަރެއްގައި ފަށާނެ ކަމަށް އެޑިއުކޭޝަނުން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މި އިމްތިހާނު ކުރިޔަސް ދާނީ އަންނަ މަހުގެ ހަތަރަކުން ޖޫން މަހުގެ 10 އާ ހަމައަށް ކަމަށެވެ.
މި އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ހިމެނޭހެން 5،393 ދަރިވަރުން ބައިވެރިވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެޑިއުކޭޝަނުން ބުނީ އިމްތިހާން ބާއްވާ ސެންޓަރުތަކަށް މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން އިމްތިހާން ޕޭޕަރު ފޮނުވަން ފަށާފައިވާ އިރު، މި މަހުގެ 29 ގެ ކުރިން ހުރިހާ ސެންޓަރަކަށް ޕޭޕަރުތައް ފޮނުވާ ނިމޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް