ރަޝިޔާއާއި ދެކޮޅަށް ހަނގުރާމައިގާ ބޭނުންކުރުމަށް ޔޫކްރޭނަށް ބަރުހަތިޔާރު ފޯރުކޮށްދޭން ޖަރުމަނުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ.
ޖަރުމަނުން މިކަމަށް އެއްބަސްވެފައިމިވަނީ ޔޫކްރޭނަށް އެހީވުމަށް އެމެރިކާއިންނާއި ޔޫރަޕްގެ ގައުމުތަކުން ޖަރުމަނަށްވެސް ޕްރެޝަރުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ކްރިސްޓައިން ލެމްބްރެޗް ވިދާޅުވެފައިވަނީ ރަޝިޔާއިން އިމްޕޯޓްކުރެވޭ ހަކަތަޔަށް ބަރޯސާވުންވެސް ޖަރުމަނުން ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޔޫކްރޭނަށް ބަރުހަތިޔާރު ފޯރުކޮށްދޭންވެސް ޖަރުމަނު ސަރުކާރުން މިހާރު ނިންމާފައިވާކަމަށެވެ.
ޖަރުމަނުގެ މި ނިންމުމަށް އެމެރިކާއިންވަނީ މަރުހަބާ ކިޔާފައެވެ.
ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތްތާ ދެ މަހާއި ތިންދުވަސް ވެފައިވާއިރު މި ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާއަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް ޔޫކްރޭނުން މިހާރު އަންނަނީ ހަނގުރާމައިގާ ކުރި ހޯދަމުންނެވެ. ރަޝިޔާ ބަލި ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް