ސައޫދީ އަރަބިއްޔާގައި އައިޑީ ކާޑު ފޮޓޯފަދަ ރަސްމީ ފޮޓޯތައް ނަގާއިރު ބޭނުންކުލައެއްގެ ބުރުގާ އެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ދަ އެޖެންސީ އޮފް ދަ މިނިސްޓްރީ އޮފް އިންޓީރިއާ ފޯރ ސިވިލް ސްޓެޓަސް އިންނެވެ.
މިގޮތުން އެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އައިޑީ ކާޑަށް ފޮޓޯނެގުމުގައި މިހާރު ބޭނުން ކުލައެއްގެ ބުރުގާ އެޅިދާނެ ކަމަށެވެ.
މިއީ ކޮން އިރަކުން ފެށިގެން ގެނައި ބަދަލެއްކަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ސައޫދީގައި ކަނބަލުން ރަސްމީ ލިޔުންތަކަށް ފޮޓޯނަގާއިރު ނަގަނީ ކަޅު ބުރުގާ އަޅައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް