މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާއަކަށް 1.488 ރުފިޔާ ބަހަން އެ ބޭންކުގެ ބޯޑުން ފާސްކޮށްފިއެވެ.
މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 33 މިލިއަން ރުފިޔާ ބަހަން ނިންމާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.
އެމްއައިބީން ބުނީ، 1.488 ރުފިޔާގެ މަގުން ޖުމްލަ ހިއްސާދާރުންނަށް 33 މިލިއަން ރުފިޔާ ބަހަން އެ ބޭންކުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެމްއައިބީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އެ ބޭންކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމްއައިބީއަކީ 2011 ވަނަ އަހަރު ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާގެ 85 ޕަސެންޓް ހިއްސާއާ އެކު ހުޅުވާފައިވާ ބޭންކެކެވެ.
އަދި ފަހުން ސަރުކާރުން ވަނީ އެ ބޭންކުގެ 10 ޕަސެންޓް ހިއްސާ އިތުރަށް ގަނެ، ސަރުކާރުގެ ހިއްސާ 25 ޕަސެންޓަށް އިތުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް