އެމްބިއުލާންސް ގެނައުމުގެ ޕްރޮޖެކްޓު ނިންމައި، އެސްޓީއޯއިން 96 އެމްބިއުލާން ހެލްތާއި ހަވާލުކޮށްފި

އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާއި ހަވާޅު ކުރި ޕްރޮޖެކްޓު ނިންމައި ހެލްތް މިނިސްޓްރީ އާއި ހުރިހާ އެމްބިއުލާންސެއް ހަވާލުކޮށްފި އެވެ. އެ ކުންފުންޏާއި ހަވާލު ކުރީ ރާއްޖޭގެ އެކި ރަށްރަށަށް ބޭނުންވާ ...

26 Apr 2022 | 19:00

އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާއި ހަވާޅު ކުރި ޕްރޮޖެކްޓު ނިންމައި ހެލްތް މިނިސްޓްރީ އާއި ހުރިހާ އެމްބިއުލާންސެއް ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާއި ހަވާލު ކުރީ ރާއްޖޭގެ އެކި ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށެވެ. އެ މަޝްރޫއުގެ ދަށުން ގެނައި އެންމެ ފަހު އެމްބިއުލާންސްތަކާއި އެކު މިއަދު ހުރިހ އެމްބިއުލާންސެއް ހަވާޅު ކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެމްބިއުލާންސް ތަކުގެ ފައިސާ އެސްޓީއޯއަށް ދައްކަން ޖެހެނީ ތިން އަހަރު ތެރޭގައި ކަމަށެވެ. އެކަމަކު މި ޕްރޮޖެކްޓުގެ އަގު ހާމައެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ 96 އެމްބިއުލާންސް ކަނޑައަޅާފައިވާ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރާނީ އެސްޓީއޯއިން ކަމަށެވެ. އަދި ރަށްރަށުގައި ހުރި ބާ އެންބިއުލާންސްތައް އަނބުރާ ގެނެސް ހެލްތު މިނިސްޓްރީއާ އެ ކުންފުނިން ހަވާލުކޮށްދޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އެސްޓީއޯއިން ބުނީ ރާއްޖެ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރުމަށްޓަކައި ސަރުކާރުންނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރީހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އެކުންފުނީގެ ބޮޑު ހިއްސާއެއް އޮތުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް