ބައި އިލެކްޝަންައި ވާދަކުރުމަށް ފާރިޝް އިލެކްޝަނަށް ފޯމް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި އަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނުގައި ވާދަކުރައްވަން ފާރިސް މައުމޫން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ. މިއަދު މެނ...

27 Apr 2015 | 11:00

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި އަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނުގައި ވާދަކުރައްވަން ފާރިސް މައުމޫން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ.

މިއަދު މެންދުރުފަހު އިލެކްޝަނަށް ފޯމް ހުށަހެޅުއްވިއިރު ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ގިނަ މެމްބަރުންތަކެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ވަނީ ވަޑައިގެންފަ އެވެ.

ފާރިސް ޓިކެޓް ކާމިޔާބު ކުރެއްވީ މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާ ޕްރައިމަރީގައި ވާދަކުރައްވައިގެންނެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް ފާރިޝް ފޯމް ހުށަހެޅުއްވި އިރު އެމްޑީޕީގެ ފަރާތުން ޕްރައިމަރީއަކާއި ނުލައި މ. މަޑުއްވަރީ، ކާނިގޭ، އަހްމަދު ރާޒީ އަށް އިންތިހާބުގެ ޓިކެޓު ވަނީ މިއަދު ދީފަ އެވެ. ނަމަވެސް އޭނާ އަދި ފޯމް ހުށަހަޅާފައެއް ނުވެ އެވެ.

ދެން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާނެކަމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރެވެ.

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މާދަމާ އެވެ. ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް