ޖަލީލަށާއި ޒުހޫރަށް މަޖިލީހުން ރުހުން ދީފި

ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ހެލްތު މިނިސްޓަރު އަހްމަދު ޒުހޫރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. މޫސާ އަލީ ޖަލީލަށް ރުހުން ދޭން 46 މެމްބަރުންގެ އިއްތިފާގުން ފާސްވިއިރު، ޒުހޫ...

27 Apr 2015 | 09:13

ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ހެލްތު މިނިސްޓަރު އަހްމަދު ޒުހޫރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މޫސާ އަލީ ޖަލީލަށް ރުހުން ދޭން 46 މެމްބަރުންގެ އިއްތިފާގުން ފާސްވިއިރު، ޒުހޫރަށް ރުހުން ދޭން ފާސްވީ 48 މެމްބަރުންގެ އިއްތިފާގުންނެވެ.

ޑިފެންސް މިނިސްޓަރު ކަމަށް މޫސާ އަލީ ޖަލީލު އައްޔަން ކުރެއްވީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމު ހުސްވިތާ އެއް ދުވަސްތެރޭ ޖެނުއަރީ 20، 2015 ގައެވެ. ހެލްތު މިނިސްޓަރުގެ މަގާމު ހުސްކޮށް އޮންނަތާ އަށް މަސްދުވަސް ފަހުން، އެ މަގާމަށް އަހުމަދު ޒުހޫރު އައްޔަން ކުރެއްވީ މާޗް 10، 2015 ގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯހުގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވިއިރު އޭނާ ހުންނެވީ ރާއްޖޭން ޕާކިސްތާނަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގަ އެވެ.

ހެލްތް މިނިސްޓަރު ޒުހޫރު ހުންނެވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް