ޕްރައިމަރީއަކާ ނުލާ ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓް ރާޒީއަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ކުރިމަތިލީ ދެ ބޭފުޅުންގެ ތެރެއިން މާފަންނު ތްރީއޭވިލާ އިބްރާހިމް ޖިހާދުގެ ނަން އަނބުރާ ގެންދެވުމ...

27 Apr 2015 | 04:58

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ކުރިމަތިލީ ދެ ބޭފުޅުންގެ ތެރެއިން މާފަންނު ތްރީއޭވިލާ އިބްރާހިމް ޖިހާދުގެ ނަން އަނބުރާ ގެންދެވުމުން ޕްރައިމަރީއަކާ ނުލާ މ. މަޑުއްވަރީ ކާނިގޭ އަހުމަދު ރާޒީއަށް އެމްޑީޕީގެ ޓިކެޓް ލިބިއްޖެ އެވެ.

ޖިހާދުގެ ނަން އަނބުރާ ގެންގޮސްފައިވާކަން އެމްޑީޕީން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ނަން އަނބުރާ ގެނދިޔަ ސަބަބު ސާފުވެފައެއް ނުވެ އެވެ.

ދިއްގަރުދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން ހައެއްގަ އެވެ. އެ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް