ހޮޓެލް މެމޯރިއަލް ތެރެއަށް ވަދެ އެ ތަނުގައި މަސައްކަތް ކުރާ ބިދޭސީ ވޭޓަރުންނަށް މަރުގެ އިންޒާރުދީ ހޮޓަލުގެ ތަކެއްޗަށް ގެއްލުންދިން ދެ ޒުވާނަކާއި ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ރޭ މެންދަމު 00:33 ހާއިރު މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއްގެ އިތުރުން 15 އަހަރުގެ ކުއްޖެއް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 25 އަހަރުގެ މީހާއަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 111 ފަހަރު ސުވާލުކޮށް 10 ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަތަރު ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ ދެ މައްސަލައެއްގެ ތަޙުޤީޤު ނިންމުމަށްފަހު ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 19 އަހަރުގެ މީހާއަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 76 ފަހަރު ސުވާލުކޮށް ތިންފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއް ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.
މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 15 އަހަރުގެ ކުއްޖާއަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 117 ފަހަރު ސުވާލުކޮށް ދެފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުއްޖެކެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތިން މީހުންގެ ތެރެއިން 25 އަދި 19 އަހަރުގެ މީހާއަކީ މާރާމާރީ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް