އިސްރާއީލުން ދުވާލެއްގެ މައްޗަށް 100 އަށްވުރެ މުސްލިމުން އެ ދަނީ ޤަތުލު ކުރަމުން: ރިޕޯޓު

އިސްރާއީލުން މިފަހުން އަލުން ހަމަލަތައް ދޭން ފެށިފަހުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 103 މީހަކު ޤަތުލުކުރަމުން އަންނަކަމަށް ޖެނީވާއަށް ނިސްބަތްވާ ހިއުމަން ރައިޓްސް ގްރޫޕަކުން ބުނެފިއެވެ. ދަ ޔޫރޯ މ...

27 Mar 2025 | 07:14

އިސްރާއީލުން މިފަހުން އަލުން ހަމަލަތައް ދޭން ފެށިފަހުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 103 މީހަކު ޤަތުލުކުރަމުން އަންނަކަމަށް ޖެނީވާއަށް ނިސްބަތްވާ ހިއުމަން ރައިޓްސް ގްރޫޕަކުން ބުނެފިއެވެ.

ދަ ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނީޓާރ އިން ފާހަގަކޮށްފައިވާގޮތުގައި މާރިޗް 18ގައި އަލުން ހަމަލަތައް ބަދަލުކުރަން ފެށުމަށްފަހު މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު އުޅެނީ 830 އަށްވުރެ މަތީގައެވެ. ޒަޚަމްކޮށްލާފައިވާ މީހުންގެ ޢަދަދު އުޅެނީ 1787ގައެވެ.

އެއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 103 ޤަތުލާއި 233 މީހަކު ޒަޚަމްވުން ކަމުގައި އެ ގްރޫޕުން ފާހަގަކޮށްފައިވެއެވެ.

ހަމަލަތައް އަލުން މެދުކަނޑާލުމަށް ކުރެވޭ މަސައްކަތްތަކުގެ އަދާހަމައަށް ބަލައިލާއިރު އާ ޑީލެއް އިސްރާއީލާއި ހަމާސްއަށް ހުށަހަޅަން މިސްރުން ތައްޔާރުވެފައިވާކަމުގައި މީޑީއާ ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް އެމެރިކާއިން މިހާރު ހުށަހަޅާފައިވާ އެއްބަސްވުން ނޫން އެއްބަސްވުމަކަށް އިސްރާއީލުން ދީލައިނުލާން ބޮޑުވަޒީރު ނަތަންޔާހޫ ނިންމާފައިވާކަމުގައި އިސްރާއީލު މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމުގައި، އިންސާނީ އެހީ ޣައްޒާއަށް ވެއްދުމުގެ ފުރުޞަތު ދޭނެ ވާހަކަ އޮތް ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ވާހަކައެއް އެއަކު ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް