ބިންވެރިޔާ ގޯތިތަކަށް މަގުން ބައެއް ހިމެނޭ ސަރަހައްދުތަކުން ތާރު ކެނޑުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާގޮތަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އ...

27 Mar 2024 | 15:57

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން މަގުތަކަށް އަރާގޮތަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރު ކެނޑުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.

އެ މަސައްކަތް މިއަދު ފަށާފައިވާއިރު އެޗްޑީސީން ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ގޯތި ހަވާލުކުރުން އަވަސްކުރުމަށް ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި، ބައެއް ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާގެ ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށެވެ.

މި ގޯތިތަކުގެ އިން ވަކިކޮށް ހަވާލުކުރުމުގެ މަސައްކަތް ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަކަން އެޗްޑީސީއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް