ހިޔާ ފްލެޓްތަކުގެ މެއިލްބޮކްސްތަކަށް ޣައިރު ދީނީ ލިޔުންތަކެއް އެޅި ބޭރު ދެ އަންހެނަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓްތަކުގެ މެއިލްބޮކްސް ތަކަށް ޣައިރު ދީނީ ލިޔުންތަކެއް އެޅި ބޭރުގެ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ އެ މ...

27 Mar 2024 | 08:28

ހިޔާ ފްލެޓްތަކުގެ މެއިލްބޮކްސް ތަކަށް ޣައިރު ދީނީ ލިޔުންތަކެއް އެޅި ބޭރުގެ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ އެ މެއިލްބޮކްސް ތަކަށް ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފު ލިޔުންތަކެއް އެޅި މައްސަލައަކާއި ގުޅިގެން ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

"އެ ދެމީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެމީހުން، އެމީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި" ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކަކުން ފެންނަގޮތުގައި އެ ދެމީހުން ވަނީ ހިޔާ ފްލެޓްތަކުގެ މެއިލްބޮކްސްތަކަށް ޣައިރުދީނީ ބައެއް ފޮތްތަކުގެ ތަރުޖަމާ ހިމެނޭ ފިލްމުފަދަ ތަކެތީގެ ލިންކާއި ވެބްސައިޓްގެ މައުލޫމާތު ހިމެނޭ ކާޑުތަކެއް އެ ބޮކްސްތަކަށް އަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް