މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ ދަށުން ސްޓެމް އެޑިއުކޭޝަންގެ ޓްރެއިނިންގ އަށް ލެޕްޓޮޕާއި މައިކްރޯ އެމިއުލޭޓާސް ފޯރުކޮށްދިނުމަށް ދެ ކުންފުންޏަކާއި އެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެގްރިމެންޓެއްގައި ސޮއި ކޮށްފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ބުނީ އޭ.އީ.ޑީ.ޕީ ގެ ދަށުން ސްޓެމް އެޑިއުކޭޝަންގެ ޓްރެއިނިންގ އަށް84 ލެޕްޓޮޕް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑާއެކު އެގްރިމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެގްރިމެންޓުގައި ސޮއިކޮށްދެއްވީ ފައިނޭންސް މެނޭޖަރ އަލްފާޟިލް މުޙައްމަދު އާދަމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން މި އެގްރިމެންޓުގައި ސޮއިކޮށްދެއްވީ މިނިސްޓްރީގެ ފައިނޭންސް އެކްޒެކެޓިވް ނައުޝާދު އިބްރާހީމެވެ.
މީގެ އިތުރުން އޭ.އީ.ޑީ.ޕީ.ގެ ދަށުން ސްޓެމް އެޑިއުކޭޝަނަށް މައިކްރޯ އެމިއުލޭޓަރސް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޔުނިސިޓީ ޕްރައިވެޓް ލިމިޓެޑާއި އެކު އެގްރިމަންޓްގައި ސޮއިކޮށްފައިވާ ކަމަށް އެމިނިސްޓްރީން މިއަދު ބުނެފައި ވެއެވެ.
ޔުނިސިޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެގްރިމެންޓުގައި ސޮއިކޮށްދެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަބްދުﷲ މިއާދު އެވެ. މިނިސްޓްރީގެ ފަރާތުން މި އެގްރިމެންޓުގައި ސޮއިކޮށްދެއްވީ މިނިސްޓްރީގެ ފައިނޭންސް އެކްޒެކެޓިވް ނައުޝާދު އިބްރާޙިމެވެ.
އޭ.އީ.ޑީ.ޕީއަކީ ވޯރލްޑް ބޭންކު ފަންޑްގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ކުރިއަށްދާ ޕްރޮޖެކްޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް