ހިނގަމުން މިދާ ރޯދަ މަހު ފެމެލީ ކޯޓުން ފޯމު ބަލައިގަތުމާއި ތަކެތި ދޫކުރާނެ ގަޑިތައް އިއުލާނުކޮށްފި އެވެ.
ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އެކޯޓުން ފޯމު ބަލައިގަންނަ ގަޑިތަކާއި ތަކެތި ދޫކުރާނީ ވަކި ގަޑިތަކެއްގައި ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފަ އެވެ.
އެގޮތުން މިދުވަސްތަކުގައި ކޯޓުން ފޯމު ބަލައިގަތުން ކުރިއަށްދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:30 އަށް ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ.
ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަތުން ހެނދުނު 9:00 އިން 1:00 ޖެހުމާއި ހަމައަށް ކުރިއަށްދާނެ ކަމަށާއި ކޯޓުން ތަކެތި ދޫކުރުމާއި ފައިސާ ބަލައިގަތުން ހެނދުނު 9:00 އިން މެންދުރު 12:30 އަށް ކުރިއަށްދާނެ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.
ރޯދަ މަހު ރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ހެނދުނު 09:30 އިން 12:30 އަށެވެ. އަދި ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދޭނީ ރޭގަނޑު 9:30 އިން 11:00 އާއި ހަމައަށް ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް