ބާޒާރުގައި މިއަދު ގިނައީ ލާމު މިރުސް – އަގު އެއްވަރެއްގައި

މާރުކޭޓު ގޮޅިތަކުން މިއަދު ކަނޑޫދޫ މިރުސް ލިބުން ދަތިވެ ލާމު މިރުސް ގިނަ ވެއްޖެއެވެ. މިއަދު މާރުކޭޓު ގޮޅިތަކުގައި ލާމު މިރުސް 100 ގްރާމް ލިބެން ހުރީ 30 ނުވަތަ 25 ރުފިޔާގެ މަގުންނެވެ. ކިލޯއެއް 280 ނުވަ...

27 Mar 2023 | 09:34

މާރުކޭޓު ގޮޅިތަކުން މިއަދު ކަނޑޫދޫ މިރުސް ލިބުން ދަތިވެ ލާމު މިރުސް ގިނަ ވެއްޖެއެވެ.

މިއަދު މާރުކޭޓު ގޮޅިތަކުގައި ލާމު މިރުސް 100 ގްރާމް ލިބެން ހުރީ 30 ނުވަތަ 25 ރުފިޔާގެ މަގުންނެވެ. ކިލޯއެއް 280 ނުވަތަ 250 ރުފިޔާ އަށް ލިބެއެވެ. އަދި ކަނޑޫދޫ މިރުސް ލިބެން ހުރީ ވެސް ދާދި އެއް އަގެއްގައެވެ. މީގެ އިތުރުން ރާ އަތޮޅު މިރުހުގެ 100 ގްރާމް ހުރީ 20 ރުފިޔާ އަށެވެ. ކިލޯއެއް 180 ރުފިޔާ އަށެވެ. އެހެން ނަމަވެސް ކަނޑޫދޫ މިރުސް ލިބެން ހުރީ މަދު ގޮޅިއެއްގައެވެ. ކުރިއަށް އޮތް ދުވަސް ތަކުގައި ކަނޑޫދޫ މިރުސް ލިބޭނެ ކަމަށް ގޮޅިވެރިން ބުނެއެވެ.

ރޯދަމަސް ފެށުނު އިރު ކަރާ ކިލޯއެއް 30 ނުވަތަ 35  ރުފިޔާއަށް ހުރި އިރު މިއަދު ބާޒާރުން ކަރާ ކިލޯއެއް 25 ނުވަތަ 28 ރުފިޔާއަށް ލިބެއެވެ. އަގަށް ހެޔޮ ބަދަލު އައިސްފައިމިވަނީ ތޮއްޑޫ ކަރާ ބާޒާރުގައި ތިޔާގިވުމުން ކަމަށް ގޮޅިވެރިން ބުނެއެވެ.

ބާޒާރުގެ އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާލާއިރު ލުނބޯ ކިލޯއެއް ހުރީ 65 ނުވަތަ 70 ރުފިޔާއަށެވެ. އަދި ކާށީގެ އަގަށް ބަލާއިރު އެންމެ ކުދި ކާށި 8 ނުވަތަ 15 ރުފިޔާއަށް ލިބޭއިރު ބޮޑު ކާށީގެ އަގު އުޅެނީ 20 ނުވަތަ 25 އަށެވެ.

ބާޒާރުގައި މަހުގެ އަގު ތަކަށް ބަލާލާއިރު ވަޅޯމަސް ކިލޯއެއް 110 ރުފިޔާއަށް ހުރި އިރު ކަނޑު މަހުގެ ތެރެއިން ކަޅުބިލަމަސް ކިލޯއެއް އުޅެނީ 30 ނުވަތ 25 ރުފިޔާއަށެވެ.

އަދި ކަންނެލީގެ އަގު ކިލޯއެއް 35 ރުފިޔާ އަށް  ހުރިއިރު ގޮދައެއްގެ އަގު އުޅެނީ ކިލޯއެއް 35 ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް