މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، ޕްރޮޖެކްޓް ސައި...

27 Mar 2023 | 08:32

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، ޕްރޮޖެކްޓް ސައިޓްގައި މިވަގުތު އަންނަނީ ރިވެޓްމަންޓް ޕްރޮފައިލިންގ މަސައްކަތް ކުރަމުން ކަމަށެވެ.

އަދި، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ ފުރިހަމަ ކޮށްފައި ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

މި މަޝްރޫޢުގެ ދަށުން، 954 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން 34.6 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް