ރައީސް ޞާލިޙްގެ ފަރާތުން އަނެއްކާވެސް ގާސިމް އާއި ބައްދަލުކޮށްފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މަންދޫބަކު އަނެއްކާވެސް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ބައްދަލުކޮށްފިއެވެ. ރައީސް ޞާލިޙް ގެ ފަރާތްޕުޅުން މިފަހަރު ޤ...

27 Mar 2023 | 07:45

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މަންދޫބަކު އަނެއްކާވެސް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ބައްދަލުކޮށްފިއެވެ.

ރައީސް ޞާލިޙް ގެ ފަރާތްޕުޅުން މިފަހަރު ޤާސިމް އާއި ބައްދަލު ކުރެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ. އަދި މިބައްދަލުވުމުގައި ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙްމަދާއި ޖޭޕީގެ ޑެޕިޔުޓީ ލީޑަރު އަމީން އިބްރާހިމްވެސް ވަނީ ބައިވެރިވެފައެވެ.

ސަން އައިލެންޑްގައި ބޭއްވި މި ބައްދަލުވުމާއި ގުޅޭ ތަފްސީލެއް ދެ ޕާޓީއިން ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ސެޕްޓެމްބަރ 9ގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވާއިރު 2018 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް އާއި އެކު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީ އިން މިފަހަރު ނިންމާފައިވަނީ އިންތިޚާބުގައި އެޕާޓީގެ ކެނޑިޑޭޓަކު ނެރެ ވާދަކުރުމަށެވެ.

ރައީސް ޞާލިޙް އާއިއެކު މިއަހަރުގެ އިންތިޚާބަށް ކޯލިޝަން ހަދައިފައިވަނީ ޢަދާލަތު ޕާޓީގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމުގެ އެމްޑީއޭ އެވެ.

ކޯލިޝަން ގައި ހިމެނޭ އެމްއާރްއެމް އިންވެސް ރައީސް ޞާލިހާއި ބައްދަލު ކޮށްފައި ވާއިރު، އެ ޕާޓީން ނިންމާފައިވާނީ މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދިޔުމަށެވެ. އެއަށްފަހު އެ ޕާޓީންވަނީ ޤާސިމާއި ވެސް ބައްދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް