ރާއްޖޭގައި މެޑިކަލް މަރުއާނާ ހުއްދަކުރަން ޖާބިރު ގޮވާލައްވައިފި

ދިވެހިރާއްޖޭގައި މެޑިކަލް މަރުއާނާ ހުއްދަކުރަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ. ޖާބިރު މިކަމަށް ގޮވާލެއްވީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަ ރާއްޖޭގައި ބޮއްސުންލާފައި...

27 Mar 2023 | 06:48

ދިވެހިރާއްޖޭގައި މެޑިކަލް މަރުއާނާ ހުއްދަކުރަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޖާބިރު މިކަމަށް ގޮވާލެއްވީ މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަ ރާއްޖޭގައި ބޮއްސުންލާފައިވާތީ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

ޖާބިރު ވިދާޅުވީ ހައްލަކީ މެޑިކަލް މަރުއާނާ ރާއްޖޭގައި ހުއްދަ ކުރުން ކަމަށާއި ތަހުޒީބުވަމުން އަންނަ ގައުމުތަކުގައި މެޑިކަލް މަރުއާނާ ހުއްދަ ކުރަމުން އަންނަ ކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވުމުން ބައެއް މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަގައި، ރަމަޟާން މަހު މަސްތުވާތަކެތި ޕްރޮމޯޓްކޮށް ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރިޔާސަތުން ނިންމީ ކުރިއަށް ގެންދިއުމަށް ޖާބިރަށް ފުރުސަތު ދިނުމަށެވެ.

ވާހަކަ އިތުރަށް ކުރިއަށް ގެންދަވަމުން ޖާބިރު ވިދާޅުވީ ދައްކަވަމުން އެ ގެންދަވަނީ ފެހި ދުންފަތުގެ ވާހަކަ ކަމަށާއި މެޑިކަލް މަރުއާނާ ރާއްޖޭގައި ހުއްދަކުރުމަކީ ހައްލު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް