ދިރާގު ބޮޑު ހަދިޔާއަށް ކޮންމެ ހަފްތާއަކު 'މައިޑިއާ' މެގަ ހޯމް ޕެކެއް!

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިރާގު ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު 'ބޮޑު ހަދިޔާ' އެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ. ދިރާގުން މައުލޫމާތުދޭ ގޮތުގައި މި ހަދ...

27 Mar 2023 | 05:41

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިރާގު ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު 'ބޮޑު ހަދިޔާ' އެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި މި ހަދިޔާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ގެންގުޅުއްވާ އެކްޓިވް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މައިޑީއާ ބްރޭންޑުގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުޞަތު އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އޮންނާނެ އެވެ.

ދިރާގުން ބުުނީ މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ހަތަރު ދޮރު ލީ އައިސް އަލަމާރި، ޑިޝްވޮޝަރ، އަވަން، މައިކްރޮވޭވް، އެއަރ ޕިއުރިފަޔަރ އަދި ވެކިއުމް ކްލީނަރ ފަދި ގޭތެރޭއަށް ބޭނުންވާ އިތުރުން އެހެނިހެން ސާމާނުވެސް ހިމެނޭނެއެވެ.

މީގެ އިތުރުން 'ބޯނަސް މެގަ ހަދިޔާ' ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެމީހެއްގެ އުމުރާ ދަތުރެއް ދޭން ވަނީ ނިންމާފައި އެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފާތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެކުންފުނިން އެދެ އެވެ.

މިއަަހަރު ދިރާގުން ރަމަޟާން މަސް ހާއްދަ ކޮށްފައިވަނީ ހިތްވަރުގަދަ މައިންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް