ބޮލީވުޑްގައި މި ދުވަސްވަރު އެންމެ ހޮޓް ކަޕްލް އަކީ އަދިތްޔާ ރޯއީ ކަޕޫރާއި އަނަންޔާ ޕާންޑޭ އެވެ.
ދެމީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ ދެކެވޭތާ މިހާރު ހަ މަސްވަރުވެއްޖެ އެވެ. މަދު މަދުން ދެމީހުންގެ ފޮޓޯ އެކަކު އަނެކަކުގެ އިނސްޓަގްރާމްގައި ޝެއާ ކުރި ނަމަވެސް ރަސްމީކޮށް ގުޅުން އިއުލާނެއް ނުކުރެ އެވެ.
ދެމީހުންގެ ގުޅުމާއި ގުޅޭ މައުލޫމާތު އެނގޭ މީހަކު މި ހަފްތާގައި މީޑިއާގައި ބުނީ ދެތަރިން މިވަގުތު އިސްކަންދެނީ ފިލްމީ ކެރިއަރަށް ކަމަށެވެ. އެކަމަކު އަދިތްޔާ އާއި އަނަންޔާ ރައްޓެހިވެގެން އުޅެނީ ވަރަށް ސީރިއަސް ކޮށް ކަމަށާއި ކައިވެންޏާއި ހަމައަށްދާންވެސް ވަރަށް ކައިރިވެއްޖެ ކަމަށެވެ.
އެމީހަކު މީޑިއާގައި ބުނީ ދެ ފަރާތު އާއިލާވެސް އެ ގުޅުމަށް ރުހުން ދީފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ދެ ތަރިން ޗުއްޓީއަކަށް ދާން ރާވަމުންދާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން ދެމީހުންގެ ގުޅުން ރަސްމީކޮށް ހާމަ ނުކުރަނީ ސަޕޯޓަރުންނަށް ސަޕްރައިޒެއް ދޭން ކަމަށާއި އޭނާ ގަބޫލު ކުރާގޮތުގައި ވަރަށް އަވަހަށް އެ ސަޕްރައިޒް ދޭނެ ކަމަށެވެ.
އަނަންޔާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް އޭނާ ފެންނާނީ ފިލްމު "ޑްރީމް ގާލް 2" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް