މޯލްޑިވިއަންގެ ކޮޗިންއާ ޓްރިވަންޑްރަމް ދަތުރުތަކުން ބޮޑު ޑިސްކައުންޓެއް

މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިން އައި ޓްރިވަންޑްރަމް ދަަތުރުތަކުގެ ޓިކެޓުން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ކުރިޔަށް އެބަދެ އެވެ. އެ އެއާލައިނުން ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާނީ މިމަހުގ ެ23-30...

27 Mar 2023 | 04:06

މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިން އައި ޓްރިވަންޑްރަމް ދަަތުރުތަކުގެ ޓިކެޓުން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ކުރިޔަށް އެބަދެ އެވެ.

އެ އެއާލައިނުން ބުނީ މި ޕްރޮމޯޝަން ކުރިޔަށްދާނީ މިމަހުގ ެ23-30 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބުކް ކުރާ ޓިކެޓަށް އަންނަ މަހުގެ17 ގެ ނިޔަލަށް ދަތުރު ކުރެވެ އެވެ.

މި ޕްރޮމޯޝަންގައި50 ޕަސެންޓަށްވުރެ ބޮޑުކޮށް ޑިސްކައުންޓު ލިބެ އެވެ.

މޯލްޑިވިއަންއިން ބުނީ މި މުއްދަތުގައި ކޮޗިންގެ ދެކޮޅު ޓިކެޓު 3،330 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި ޓްރިވަންޑްރަމް ދެކޮޅު ޓިކެޓު 3،577 ރުފިޔާއަށް ލިބެ އެވެ.

އާންމުކޮށް މޯލްޑިވިއަންގެ ކޮޗިންގެ ދެކޮޅު ޓިކެޓުގެ އަގަކީ 6،168 ރުފިޔާ އެވެ. ޓްރިވަންޑްރަމް ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގަކީ 7،710 ރުފިޔާއެވެ.

މޯލްޑިވިއަންއިން މިހާރު ދަރުތުރު ކުރަނީ އިންޑިއާގެ އެ ދެ މަންޒިލަށް އެކަންޏެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ދަތުރު ދެން ކުރަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް