އިއްޔެ މަގާމުން ވަކި ކުރި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުއަށް ރައީސް މުހައްމަދު ނަޝީދު ތައުރީފާއެކު ޝުކުރު އަދާކުރައްވައިފިއެވެ.
އެގޮތުން ނަޝީދު ވިދާޅުވެފައިވަނީ މިދިޔަ ހަތަރު އަހަރަކީ އެސްޓީއޯ ރަނގަޅު ނަތީޖާ ނެރުނު އަހަރުތަކެއް ކަމަށާއި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާއި އަޅާކިޔާލުމުން ސާފުވާނެ ކަމަށެވެ.
"ކުންފުނީގެ ފައިދާ ބޮޑު އެހެނަސް ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓި" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ކޮވިޑު ހާލަތުގައިވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި ކަމަށާއި އަމްރުއަށް މަރްހަބާ އާއި ޝުކުރު ދަންނަވާކަމަށް ވިދާޅުވެފައިވެއެވެ.
އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ކަމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން އިއްޔެ އަމްރު ވަކި ކޮށްފައިވާއިރު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގައި އަމްރު އިސްދައުރެއް އަދާކުރާތީ މަގާމުން އިސްތިއުފާ ދިނުމަށް އެމްޑީޕީގެ ރައީސް ސޯލިހްގެ ފެކްޝަނުން ދިޔައީ ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް