އައްޑޫގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމުގެ ބޮޑު މަޝްރޫއު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.
އެފްކޯންސް އިންފްރަސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ އަގަކީ 1.197 ބިލިއަން ރުފިޔާ އެވެ. މިއީ، އައްޑޫގައި މިހާތަނަށް ހިންގާ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ.
އައްޑޫގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދު އާއި ހުޅުދޫގެ އިތުރުން މީދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރާނެ އެވެ. އެ މަޝްރޫއުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓާ ޑްރެއިނޭޖް ގާއިމްކުރުމަށް ހަމަޖައްސާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ އެ މަޝްރޫއުގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ހުރިހާ އަވަށްތަކެއްގައި 40 ކިލޯމީޓަރުގެ މަގު، ތާރު އަޅައިގެންނާއި ގާ އަޅައިގެން ތަރައްގީ ކުރާނެ ކަމަށެވެ.
އޭގެ އިތުރުން، ހަންކެޑަ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ ހަތަރު ލޭނުގެ އާ ލިންކްރޯޑެއް ވެސް ހަދާނެ އެވެ.
އެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް