އިންޑިއާގެ ހިލޭ އެހީގައި ކޯސްޓަލް ސަވެއިލެންސް ސިސްޓަމެއް ގާއިމުކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޯސްޓަލް ސަވެއިލެންސް ސިސްޓަމެއް ގާއިމުކޮށްފިއެވެ. އެމްއެންޑީއެފްއިން މިއަދު ބުނީ، އެ ކޯސްޓަލް ސަވެއިލެންސް ސިސްޓަމް ގާއިމުކޮށްފައި ވަނީ ރ...

27 Mar 2022 | 16:48

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޯސްޓަލް ސަވެއިލެންސް ސިސްޓަމެއް ގާއިމުކޮށްފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، އެ ކޯސްޓަލް ސަވެއިލެންސް ސިސްޓަމް ގާއިމުކޮށްފައި ވަނީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތައި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މެރިޓައިމް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގެ ބޭނުމުގައި ކަމަށެވެ.

އެ ޕްރޮޖެކްޓްގެ މަސައްކަތްކޮށްފައި ވަނި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އަދި އެ ރާޑާ ސްޓޭޝަންތައް އޮޕަރޭޓްކުރުމުގައި މިހާރު ހަރަކާތްތެރި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ދިވެހި ސިފައިންނެވެ. އެ ސިސްޓަމްތައް ރާއްޖޭގެ 10 ސަރަހައްދެއްގައި ގާއިމުކޮށްފައި ވެއެވެ.

އެމްއެންޑީއެފައިން ބުނީ އެ ސިސްޓަމުގެ ސަބަބުން އެ އިދާރާގެ ގާބިލުކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް