އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސް ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫގެ 194 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން  ކުންފުންޏާ ހަވާލުކޮށްފިއެވެ. އައްޑޫގައި މިއަދު ހެނދުނު ކުރިއަށްދިޔަ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެ...

27 Mar 2022 | 11:27

އައްޑޫގެ 194 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން  ކުންފުންޏާ ހަވާލުކޮށްފިއެވެ.

އައްޑޫގައި މިއަދު ހެނދުނު ކުރިއަށްދިޔަ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނާ އަޙްމަދު ހަމީދެވެ. ވެން އޫޑް ޑްރެޖިން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަ ޑްރެޖިން ކޮނީލިއަސް އެޑްރިއާންޑް ޑިބްރީނެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަސް ތެރޭގައި ނިންމުމަށެވެ. ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިމާއި މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިމުގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްތަކެއް ހިއްކުމަށް ވެސް ވަނީ ނިންމައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް