އިދިކޮޅު ޕާޓީ ޕީޕީއެމް އަދި ޕީއެންސީން އިސްނަގައިން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރިޔަށް ގެންދިޔަ "ނޭވާ ހޮޅިއަށް" ނަމުގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ހައްޔަރުކުރި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ މަޖިލިސް މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރު ކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ޖެހޭނީ ސުޕީރިއާ ކޯޓުގެ އަމުރަކަށެވެ.
ޕީއެންސީގެ ޑެޕިއުޓީ ލީޑަރު ސައީދާއި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ގައްސާން ހައްޔަރުކުރީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގައި ކަމަށް އެ ދެ ބޭފުޅުންގެ ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައިވެ އެވެ. އަދި މި ދެ ބޭފުޅުން ވެސް ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު އިއްޔެ ހަވީރު 4:53 ގައި ކަމަށް އަމުރުގައިވެ އެވެ. އަދި ދެ ބޭފުޅުން ވެސް ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް އަމުރުގައިވެ އެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޣައްސާނާއި ސައީދު ވަރަށް އަނިޔާވެރިކޮށް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މެންބަރުން ހައްޔަރު ކުރުމުގެ ކުރީން އެ ދެ މެންބަރުންގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުގެ އިތުރަށް، ހައްޔަރު ކުރުމަށްފަހު ދެ އަތުގައި ބިޑި އަޅުވާ 24 ގަޑިއިރަށް ވުރެ ގިނައިރު ދޫނިދޫގައި ބަންދު ކުރި ކަމަށް ވެސް މައްސަލައިގައިވެއެވެ.
މީގެ އިތުރުން މެންބަރަކު ބަންދުކޮށްފި ކަމުގެ މަޢުލޫމާތު މަޖިލީހުގެ ރައީސަށް ލިބިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެކަން ބެލުމަށް، މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އެއްކުރަން ވާނެ ކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް މައްސަލައިގައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 236 ވަނަ މާއްދާގައި މެންބަރަކު ބަންދު ކުރަން ޖެހިއްޖެ ހިނދެއްގައި ބަންދު ކުރާތާ ގިނަވެގެން އެއް ގަޑިއިރުގެ ތެރޭގައި އެކަން މަޖިލީހުގެ ރައީސަށް އަންގަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ވެސް މައްސަލައިގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް