ޓެރަރިޒަމް އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ބަޔަކު ހައްޔަރުކޮށްފިއެވެ.
ޕޮލިހުން ދުވަަހަށް އެކަން ކަށަވަރުކޮށްދެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް އަދި ޕޮލިހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ތަފްސީލް އަދި ހާމަކޮށްފައިނުވިނަމަވެސް މި މައްސަލައާއި ގުޅިގެން ހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިފަދަ މައްސަލައެއްގައި އައްޑޫ ސިޓީން ބަޔަކު ހައްޔަރުކޮށްފައިވާއިރު ރައީސް ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރުވެސް މިވަގުތު ތިއްބެވީ އައްޑޫ ސިޓީގައެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް