ރެންސަމްވެއާ އެޓޭކަކާއެކު ސްޓެލްކޯގެ ހިދުމަތްތަކަށް ބުރޫއަރައިފި

ސްޓެލްކޯގެ އައިޓީ ނެޓްވޯކްތަކަށް ރެންސަމްވެއާ އެޓޭކެއް ދިނުމުން އޮންލައިން ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިފި އެވެ. ސްޓެލްކޯއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ނެޓްވޯކަށް ރެންސަމްވެއާ އެޓޭކެއް ...

27 Mar 2022 | 09:48

ސްޓެލްކޯގެ އައިޓީ ނެޓްވޯކްތަކަށް ރެންސަމްވެއާ އެޓޭކެއް ދިނުމުން އޮންލައިން ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރައިފި އެވެ.

ސްޓެލްކޯއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ނެޓްވޯކަށް ރެންސަމްވެއާ އެޓޭކެއް ދިނުމާ ގުޅިގެން އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ހުއްޓިފައިވާ ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1507955009962799104

އެ ކުންފުނިން ބުނީ އެ އެޓޭކާ ގުޅިގެން އެ ކުންފުނީގެ އައިޓީ ނެޓްވޯކްތަކުގެ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށް ދޭ ހިދުމަތްތައް އަލުން ފޯރުކޮށްދޭން އިތުރު ވަގުތު ނަގާނެ ކަމަށެވެ. އަދި މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރެވޭތޯ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް