ކާބޯތަކެތި އެތެރެކުރުމާ ބެހޭ މަޝްވަރާއަށް އެމްޕީއެލުން އިންޑިއާއަށް

މުދާ ގެނައުމުގައި މިހާރަށް ވުރެ އަވަސް ގޮތްތަކެއް ހޯދުމުގެ މަޝްވަރާތަކަކަށް އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓްގެ ޓީމެއް ޓުޓްކޮރިން އަށް ގޮސްފިއެވެ. އެ ކުންފުނިން ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު އެ ކުނ...

27 Mar 2022 | 09:44

މުދާ ގެނައުމުގައި މިހާރަށް ވުރެ އަވަސް ގޮތްތަކެއް ހޯދުމުގެ މަޝްވަރާތަކަކަށް އެމްޕީއެލްގެ ސީނިއާ މެނޭޖްމަންޓްގެ ޓީމެއް ޓުޓްކޮރިން އަށް ގޮސްފިއެވެ.

އެ ކުންފުނިން ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ ވަފުދެއް ފުރާފައިވާ ކަމަށެވެ. މި ދަތުރުގައި އެ ޓީމުން ކޯސްޓަލް މެކެނައިޒް ސެއިލިންގ ވެސަލްސް އޯނަރސް އެސޯސިއޭޝަންއާއި އެކު މުހިންމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން، ރާއްޖެއަށް މުދާ ގެންދިއުމުގައި ހުންނަ ދަތިތަކާއި، މި ކުންފުނީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި އެ ފަރާތްތަކުން ކޮށްދެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވި ވަރަށް ކާމިޔާބު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖެއަށް ޓުޓްކޮރިން ރޫޓުން، ކާބޯތަކެތި އެތެރެކުރާތާ 200 އަހަރުވީ މާޒީއެއް އެބައޮތެވެ. ރާއްޖެއަށް އެތެރެކުރާ ޕެރިޝަބަލް ގުޑްސްގެ 90% އެތެރެކުރަނީވެސް ޓުޓްކޮރިންއިންނެވެ. މައިގަނޑު ގޮތެއްގައި އެތެރެކުރާ ތަކެތީގެ ތެރޭގައި ހިމެނެނީ، ފިޔާ،އަލުވި އަދި ބިހެވެ.

ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް، ސަޕްލައި އަށް ހުއްޓުމެއް އަޔަނުދީ ދަތުކުރާ ފަރާތްތަކަށް ދިމާވާ ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިވައިވާކަމަށް އެމްޕީއެލުން ބުނެއެވެ.

މި ދަތުރުގައި، އެ ކުންފުނީގެ ފަރާތުން ބައިވެރިވެފައިވަނީ، ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހީމް އަބްދުﷲ، އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުހައްމަދު އަމީޒު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ތޮލްހަތް ސައީދު އަދި އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުހައްމަދު މަސީހު އަބްދުލް ސައްތާރުއެވެ. މި ދަތުރުގައި އެމްޕީއެލްގެ ޓީމާއި އެކު ކަސްޓަމްސްގެ 2 އޮފިޝަލެއްވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް