ފުވައްމުލަކު ދަތުރުފުޅަށް ފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

ފުވައްމުލަކު ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް މާލެ ވަޑައިގެންފި އެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެމަފިރިކަނބަލުން ދެ...

27 Mar 2022 | 06:08

ފުވައްމުލަކު ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް މާލެ ވަޑައިގެންފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެމަފިރިކަނބަލުން ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ދެ ދުވަހަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް ސޯލިހު ވަނީ ރޭގެ ވަގުތެއްގައި ފުވައްމުލަކު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އައްޑޫ ސިޓީއަށް ވަޑައިގެންފަ އެވެ.

ރައީސާއި ނައިބު ރައީސް ފުވައްމުލަކު ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި މާހެފުމެއްގައި ބައިވެރިވެވަޑައިގެންފަވެ އެވެ. އަދި ސިޓީގައި ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ސަރަހައްދުތަކަށް ވަޑައިގެން މައުލޫމާތު ހޯއްދަވާފައިވެ އެވެ.

ނައިބު ރައީސް ފައިސަލް މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ގިނައިން ވަޑައިގެންނަވަނީ ފުވައްމުލަކު ސިޓީއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް