މަސްތުވާތަކެތި ވަޅުލުމުގެ މޭސްތިރިޔާ އަހުމަދުގެ ބަންދަށް 10 ދުވަސް !

މާލޭގެ ގެއެއްގައި ވަޅުލާފައި ހުއްޓާ ފެނުނު ގިނަ 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ހައްޔަރުކުރި އަހުމަދު ހުސެއިންގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ. މި މައްސަލައިގާ އަހުމަދުގެ ބަނ...

27 Mar 2022 | 05:59

މާލޭގެ ގެއެއްގައި ވަޅުލާފައި ހުއްޓާ ފެނުނު ގިނަ 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ހައްޔަރުކުރި އަހުމަދު ހުސެއިންގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މި މައްސަލައިގާ އަހުމަދުގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ސިފަކުރައްވާފައިވާގޮތުގައި އަހުމަދަކީ އެ މައްސަލައިގާ ހިމެނޭ އެންމެ "ކީ" މީހާއެވެ.

އެ މައްސަލައިގާ ޖުމްލަ ދެމީހަކު ހައްޔަރުކޮށްފައިވާއިރު އަހުމަދު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ހޯދިތާ 12 ވަރަކަށް ގަޑިއިރު ފަހުންނެވެ.

އަހުމަދަކީ ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި އަލިފުށި ދާއިރާއަށް ވާދަކުރި ކެނޑިޑޭޓެކެވެ. އިއްޔެއާއި ހަމައަށް އަހުމަދު ހުރީ ޕީއެންސީގެ ކައުންސިލް މެންބަރެއްގެވެސް ގޮތުގައެވެ. ނަމަވެސް ޕީއެންސީން އިއްޔެވަނީ އޭނާ ކައުންސިލް މެންބަރު ކަމުން ވަކިކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ފުލުހުން 42 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މާފަންނުގައި ހުންނަ ފުލުހުންގެ އެފްސީޕީޑީގެ ކުރިމަތީގައި ހުންނަ ގެއެއްގެ ގްރައުންޑްފްލޯގައި ޓައިލްސްތަކުގެ ދަށުގައި ވަޅުލާފައި ހުއްޓައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް