މި ފޮޓޯ ފެނުމުން، ސަލްމާނަށް ކިނބުލެއްގެ ރޯލު ކުޅެން ލިބުމާއި ވައްތަރުތަ؟!

ސަލްމާން ހާން ކޯރެއްގެ ތެރޭގައި ތޮއްޕެތް އަޅައިގެން އޮވެ ނަގާފައިވާ ފޮޓޯތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އެބަދެ އެވެ. މި ފޮޓޯތައް އާންމުކޮށްފައިވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެވ...

27 Mar 2022 | 03:39

ސަލްމާން ހާން ކޯރެއްގެ ތެރޭގައި ތޮއްޕެތް އަޅައިގެން އޮވެ ނަގާފައިވާ ފޮޓޯތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އެބަދެ އެވެ.

މި ފޮޓޯތައް އާންމުކޮށްފައިވަނީ އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެވެ. ފޮޓޯތަކުގައި ފެންނަނީ ކަރުތާ ފެނަށް އެރިގެން ސަލްމާން އޮންނަ އިރު ލޯ ފޮރުވޭވަރަށް ތޮއްޕެތް އަޅައިގެން އޮންނަ ތަނެވެ.

މި ފޮޓޯ ނަގާފައިވާ ތަނެއް އަދި ފޮޓޯ އާއި ގުޅޭގޮތުން ސަލްމާން އެއްވެސް އެއްޗެއް ޕޯސްޓާއި އެކު ބުނެފައެއް ނުވެ އެވެ.

އެކަމަކު އޭނާގެ ސަޕޯޓަރުން ދަނީ މި ފޮޓޯއަށް ތަފާޓު މަޖާ ކޮމެންޓުުތައް ކުރަމުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ އެ ފޮޓޯގައި އެ ފެންނަނީ އޭނއަށް ކިނބުލެއްގެ ރޯލު ކުޅެން ލިބުމުން ފެންގަނޑަށް އެރި އޮންނަ މަންޒަރުކަމަށް ދޭހަވާގޮތަށް ތަފާޓު ކޮމެންޓެއްކޮށްފަ އެވެ.

އެ ކޮމެންޓުގައި ބުނެފައިވަނީ އެތަނަށް ވަދެއްޖެ ނަމަ ކިނބޫ ދައްކާ ވާހަކައަކަށް ބެލުމެއް ނޯންނާނެ ކަމަށެވެ. މި ކޮމެންޓު ކުރީ ސަލްމާންގެ ފިލްމެއް ކަމަށްވާ "ވޯންޓެޑް" ގައި އޭނާ ބޭނުންކޮށްފައިވާ މުހިންމު ޑައިލޮގަކަށް އަމާޒުކޮށެވެ.

އޭގައި ބުނަނީ ކަމަށް ހިތުލައި ނިޔަތް ގަނެފި ނަމަ އަމިއްލަ ނަފްސު ދައްކާ ވާހަކަވެސް ގަބޫލު ނުކުރާނެ ކަމަށެވެ.

https://www.instagram.com/p/Cbj9lxRLAuC/

ސަލްމާންގެ މިފަދަ ފޮޓޯތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އަދި ތަފާތު މަޖާ ކޮމެންޓުތައް ކުރާ ފޮޓޯތަކެކެވެ. އާންމުކޮށް އޭނާގެ އޭނާގެ ޕޯސްޓުތަކާއި އެންމެ ގުޅުވާ ކޮމެންޓުތަކުގެ ތެރޭގައި ސަލްމާން ކައިވެނި ނުކޮށް ހުންނަ ހުރުމާއި ގުޅުވާލާނެ އެވެ.

ސަލްމާންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން ޝޫޓިން ނިންމާލީ ފިލްމު "ގޯޑް ފާދާ" ގެއެވެ. އެއީ ޓެލުގޫ ފިލްމެއްގެއް ރިމޭކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް