ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަށް ވެރިކަމުގައި ނުހުރެވޭނެކަމުގައި ވިދާޅުވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަރަށް ބޮޑަށް ޕުޓިން އަށް ފާޑުވިދާޅުވެއްޖެއެވެ.
ބައިޑަން މިހެން ވިދާޅުވީ ޕޮލެންޑްގެ ވާސޯގައި އިއްޔެ ދެއްވި ބަސްދީގަތުމެއްގައެވެ.
ބައިޑަންގެ ވާހަކަފުޅުގައި ރަޝިޔާއިން ޔޫކްރޭނަށް ވެރިވެގަންނަން ކުރާ މަސައްކަތް މިހާރުވެސް ފެއިލްވެފައިވާކަމުގައި ސިފަކުރެއްވިއެވެ. އަދި ޔޫކްރޭނުން މިނިވަންކަމަށް އެ ކުރާ ހަނގުރާމަޔާއި ޔޫކްރޭންގެ ގަދަ ހިތްވަރުން މި ހަނގުރާމަ ރަޝިޔާއަށް ކާމިޔާބު ނުވާނެކަމުގައި ބައިޑަން ވިދާޅުވިއެވެ.
އެމެރިކާ އޮތީ ޔޫކްރޭނާ އެކުގައިކަމުގެ ޔަގީންކަންވެސް ބައިޑަން ދެއްވިއެވެ.
ރަޝިޔާގެ ރައްޔިތުންނަށް އަމާޒުކުރައްވައި ބައިޑަން ވިދާޅުވީ ޔޫކްރޭނަކީ ދުޝްމިނުން ނޫން ކަމަށެވެ. ހަނގުރާމައާއި ގުޅިގެން ހުޅަނގުން ރަޝިޔާއަށް އަޅަމުން އަންނަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޒިންމާ ނަންގަވަން ޖެހޭނީ ޕުޓިން ކަމުގައިވެސް ބައިޑަން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް