މުޒާހަރާއިން ހައްޔަރުކުރި ނުވަ މީހަކަށް މުއްދަތު ޖަހައިފި

ހުކުރު ދުވަހު އިދިކޮޅުން ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާއިން ހައްޔަރުކުރި 17 މީހުންގެ ތެރެއިން ނުވަ މީހަކަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ. ފުލުހުން މިރޭ ބުނެފައިވަނީ އިއްޔެގެ މުޒާހަރާއިން ފުލުހުންގެ...

26 Mar 2022 | 19:27

ހުކުރު ދުވަހު އިދިކޮޅުން ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާއިން ހައްޔަރުކުރި 17 މީހުންގެ ތެރެއިން ނުވަ މީހަކަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިރޭ ބުނެފައިވަނީ އިއްޔެގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 17 މީހުންގެ ތެރެއިން ދެމީހަކު ޝަރުތަކާ ނުލާ އަދި ހަ މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާކަމަށެވެ.

ދެން ތިި މީހުންގެ ތެރެއިން ތިން މީހަކަށް ތިން ދުވަސް، ދެ މީހަކަށް ހަތް ދުވަސް އަދި ހަތަރު މީހަކަށް ދެ ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި މަޖިލީހުގެ ދެ މެންބަރުން ކަމުގައިވާ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހިމެނުނެވެ. ނަމަވެސް މި ދެ މެންބަރުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް