މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ނުވާކަމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ފާހެއް ނުވި އެވެ. މި ވޯޓު ނެގީ ޕީޕީއެމްގެ ރައިސް އަބްދުﷲ ޔާމީން ފެކްޝަނުން ތާއީދު ކުރި ގޮތަ...

27 Mar 2017 | 11:12

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ފާހެއް ނުވި އެވެ.

މި ވޯޓު ނެގީ ޕީޕީއެމްގެ ރައިސް އަބްދުﷲ ޔާމީން ފެކްޝަނުން ތާއީދު ކުރި ގޮތަށް އަނގަބަހުން ވޯޓު ނަގައިގެންނެވެ. މި ވޯޓުގައި އިދިކޮޅު މެންބަރުން ބައިވެރިއެއް  ނުވެ އެވެ.

މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ ފާސް ނުވާކަމަށް ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރު ކޯލިޝަންގެ 48 މެންބަރުންގެ ތާއީދާއި އެކު އެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވީވެސް 48 މެންބަރުންނެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިދިކޮޅު މެންބަރުން ނިޒާމު ގެއްލުވާލާ ކަމަށް ވިދާޅުވެ ނަން އިއްވުމަށް ފަހު ރިޔާސަތުން ވަނީ ސިފައިން ގެންގޮސްގެން ޗެންބަރުން ބޭރުކޮށްފައި އެވެ. އިދިކޮޅު ފަރާތްތަކުން ޖަލްސާ ތެރޭގައި އަޑުގަދަ ކުރަން ފެށި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގައި އެއްވެސް މައްސަލައެއް ނުޖެހެނީސް އަނގަބަހުން ވޯޓު ނަގަން ނިންމުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް